މާލޭގެ ރޯޝަނީ މަގުގެ ޕޭމަންޓް މަތީގައި ހުރި ޖަންގްޝަނަކުން ނުބައި ވަސްދުވާތީ ސިޓީ ކައުންސިލުން ޖަންގްޝަން ސާފުކުރަން ފަށައިފިއެވެ.
ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ ރޯޝަނީ މަގުގެ ޕޭމަންޓް މަތީގައި ހުރި ޖަންގްޝަނެއްގެ ތެރެއަށް ކައްކާފަ ބާކީ ހުންނަ ތެލާއި އެ ނޫން ވެސް ހަޑިއެއްޗެހި އެޅޭގޮތަށް ހަދާފަ ހުރުމުގެ ސަބަބުން، ޖަންގުޝަން ބެދި، ޖަންގުޝަނުން ދަނީ ވަރަށް ބޮޑަށް ނުބައި ވަސްދުވަމުން ކަމަށެވެ.
އެގޮތުން ކައުންސިލުން މިއަންނަނީ އެ ސަރަހައްދުގެ ޖަންކްޝަންތައް ސާފުކުރަމުން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
އަދި އެފަދަ، ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު ޢަމަލުތައް ނުކުރުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
މާލޭގެ ރޯޝަނީ މަގުގެ ޕޭމަންޓް މަތީގައި ހުރި ޖަންގްޝަނެއްގެ ތެރެއަށް ކައްކާފަ ބާކީ ހުންނަ ތެލާއި އެ ނޫން ވެސް ހަޑިއެއްޗެހި އެޅޭގޮތަށް ހަދާފަ ހުރުމުގެ ސަބަބުން، ޖަންގުޝަން ބެދި، ޖަންގުޝަނުން ދަނީ ވަރަށް ބޮޑަށް ނުބައި ވަސް ދުވާތީ އެ ސަރަހައްދުގެ ޖަންކްޝަންތައް ސާފުކުރުން pic.twitter.com/TmcggfkQkq
— Malé City Council (@MaleCitymv) December 17, 2024
ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީ އަކީ ސާފުތާހިރު ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން