ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނުގެ އަތޮޅުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ބުނެފިއެވެ.
މިރޭގެ މޫސުން ލަފާކުރާ ގޮތް ހާމަކޮށް، އެ އިދާރާއިން ބުނީ މެދުރާއްޖެތެރެއާއި، އުތުރުގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ބެލެވޭ ކަމަށެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
އުތުރާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިން ހުންނާނީ 2 - 4 ފޫޓުގައި ކަމަށާއި، ދެކުނުގައި 3 - 6 ފޫޓުގައި ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ވަނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނުގެ އަތޮޅުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަން ފާހަގަކޮށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން