ދިވެހިރާއްޖޭގެ ރުއްގަހަށް ދިމާވަމުން އަންނަ ފަނިފަކުސާ ކޮންޓްރޯލްކުރުމަށް ޗައިނީޒް އެކެޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް) ގެ "އެންވަޔަރަންމަންޓް އެންޑް ޕްލާންޓް ޕްރޮޓެކްޝަން ރިސަރޗް އިންސްޓިޓިއުޓް"ގެ ތަޖުރިބާކާރުންގެ ވަފުދެއް، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ އިސްބޭފުޅުންނާ ބައްދަލުކޮށް، މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
އެ ވުޒާރާއިން ހާމަކުރި ގޮތުގައި މި ބައްދަލުވުމުގައި "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް މެނޭޖްމަންޓް އެސިސްޓަންސް ޕްރޮޖެކްޓް" ގެ ތަންފީޒީ ތަފްސީލުތަކާ ބެހޭގޮތުން ފުޅާ ވަނީ މަޝްވަރާކޮށްފައެވެ.
މި މަޝްރޫޢަކީ ދިވެހިރާއްޖޭގައި ރުއްތަކަށް ދިމަވެފައިވާ (ކޮކަނަޓް ހިސްޕައިން ބީޓަލް - Brontispa longisimia) ރުކުމަޑި މެނޭޖްކުރުމަށް އެޅޭ މުހިންމު އަދި އިސްތިރާޖީ ފިޔަވަޅެކެވެ. އަދި މީގެ އިތުރުންވެސް ރުއްގަހަށް ދިމާވަމުން އަންނަ ބައެއް އެހެނިހެން ބޮޑެތި މައްސަލަތައްވެސް ތަޙްލީލު ކުރުމަށް ވަނީ މިބައްދަލުވުމުގައި މަޝްވަރާކޮށްފައެވެ.
ރާއްޖޭގެ ރުއްތަކަށް ބަލި ޖެހި، ކާށި ލިބުން ދަތިވުމުގެ ސަބަބުން މިދިޔަ ރަމަޟާން މަހު ކާށީގެ އަގު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. ކާށީގެ އަގު އަތްނުފޯރާ ފަށަށް ދިޔައިރު، އަގު ތިރިވީ ވަގުތީ ގޮތުން ރާއްޖެއިން ބޭރު ކާށި އެތެރެކޮށްގެންނެވެ.
މި ލިޔުން ކިޔާލުމުން