ރޯވި ތިން މިނިސްޓްރީ ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތްތަކާއި، ހާލަތު ބައްލަވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ހިތްވަރަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ޝުކުރު އަދާކޮށްފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ 2024 ޑިސެންބަރު 12 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު، މިނިސްޓްރީ ހިންގަމުންއައި އިމާރާތުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށްފަހު، ވަގުތީގޮތުން މިނިސްޓްރީގެ މަސައްކަތްތައް މިހާރު ކުރިއަށްގެންދަން ތައްޔާރު ކުރަމުންދަނީ ދަރުބާރުގޭގައި ކަމަށެވެ.
އަދި މި މަސައްކަތްތައް ބާރަށް ކުރިއަށް މިގެންދެވެނީ ސަރުކާރުގެ ގިނަ ކުންފުނިތަކާއި، މިނިސްޓްރީތަކާއި، އަދި އަމިއްލަ ފަރާތްތަކުގެ ވަރަށް ފުރިހަމަ އެއްބާރުލުމާއިވއެކީގައިކަން ފާހަގަކުރާކަމަށެވެ
މީގެ އިތުރުން އެ މިނިސްޓްރީއާއި މިނިސްޓްރީ އޮފް ހައުސިންގ, އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގެ މުވައްޒަފުންވެސް މައި މަސައްކަތްތައް ދަރުބާރުގެއަށް ބަދަލުކުރުމުގައި ދަނީ ގުޅިގެން މަސައްކަތްކުރަމުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
2024 ޑިސެންބަރު 12 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު، މިނިސްޓްރީ ހިންގަމުންއައި އިމާރާތުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށްފަހު، ވަގުތީގޮޮތުން މިނިސްޓްރީގެ މަސައްކަތްތައް މިހާރު ކުރިއަށްގެންދަން ތައްޔާރު ކުރަމުންދަނީ ދަރުބާރުގޭގައެވެ. މި މަސައްކަތްތައް ބާރަށް ކުރިއަށް… pic.twitter.com/fqyqRtyiwU
— Ministry of Construction and Infrastructure (@MoCImv) December 14, 2024
މިނިސްޓްރީ އިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 3 މިނިސްޓްރީގެ ހާލަތު ގާތުން ބައްލަވާ، ދެއްވި ހިތްވަރަށާއި، އިރުޝާދުފުޅާއި، އެއްބާރުލެއްވުމަށް އިޚުލާސްތެރި ކަމާއެކު ޝުކުރުދަންނަވާ ކަމަށެވެ.
އަދި މި ހާލަތުން އަރައިގަތުމަށް އެކި ގޮތްގޮތުން މި މިނިސްޓްރީއަށް މެދުކެނޑުމެއްނެތި އެހީތެރިވަމުންދާ ހުރިހާ ފަރާތްތަކަށް އެކަން އަގު ވަޒަންކޮށް ޝުކުރުއަދާކުރާކަމަށް ވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.
މި ލިޔުން ކިޔާލުމުން