ތ. ގުރައިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
މިގޮތުން ފުލުހުން ހާމަކުރި ގޮތުގައި ރޭގެ ވަގުތެއްގައި ނިޔާވެފައިވަނީ އެ ޕޮލިސް ސްޓޭޝަންގެ ސާޖަންޓް، ފާޠިމަތު ރިފާ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ފޮނުވި ތަޢުޒިޔާގެ މެސެޖުގައި ބުނެފައިވަނީ ފުން ހިތާމައިގެ މި ދަނޑިވަޅުގައި ސާޖަންޓް ފާޠިމަތު ރިފާގެ ލޮބުވެތި ޢާއިލާއަށް، ކޮމިޝަނަރ އޮފް ޕޮލިސް، ޢަލީ ސުޖާޢު އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި މުވައްޒަފުންގެ ނަމުގައި އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
"މަރުޙޫމާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި ބަރުޒަޚުގެ ޢާލަމް ތަނަވަސް ކޮށްދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން"، ފުލުހުންގެ މެސެޖުގައި ވެއެވެ.
ސާޖަންޓް ރިފާ ނިޔާވި ޚަބަރާއެކު މުޅި ރަށަށް ލިބުނީ ޝޮކެކެވެ. ސާޖަންޓް ރިފާ ނިޔާވިއިރު، ފިރިއަކާއި އެއް ކުއްޖަކުވެސް ދުނިޔޭގައި އެބަހުއްޓެވެ.
މި ލިޔުން ކިޔާލުމުން