ސަރުކާރުން ޓެކްސީ ފްލީޓެއް ތައާރަފްކުރުމަށް ނިންމާފައިވާތީ އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވަނީ މާލެ ސިޓީ, މއ. ނަހީދީމަންޒިލް, މިސްބާހު ޝަރީފް (31އ) ކަމަށެވެ.
ފުލުހުން ބުނީ މިސްބާހު ހައްޔަރު ކޮށްފައިވަނީ 11 ޑިސެންބަރު 2024 ވަނަ ދުވަހުގެރޭ ބައެއް ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި އާންމު ދަތުރުފަތުރަށް ހުރަސްއަޅާ މަގު ބްލޮކް ކޮށް ފުލުހުން ދައުރު އަދާ ކުރުމަށް ހުރަސް އަޅާފައިވާތީ ކަމަށެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން 3 ޑްރައިވަރަކު ކުރިންވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
އަދި މިިއިހުތިޖާޖުގައި 4 ފުރޮޅުލީ 22 އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ލިޔުން ކިޔާލުމުން