ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި ޕީއެންއެފްގެ ޖަލްސާއެއްގައި ކީރިތި ޤުރުއާނަށް ކުޑައިމީސްކޮށްފިއެވެ.
މިކަން ހިނގީ ޕީއެންއެފްއިން އެންމެ ފަހުން ބޭއްވި ޖަލްސާގައެވެ.
އެ ޖަލްސާގައި ޔާމީން ވަނީ ހުޖުރާތު ސޫރަތުގެ އާޔަތެއްގެ މާނަ ވިދާޅުވުމަށްފަހު، ޤުރުއާނަށް ކުޑައިމީސްވާ ގޮތަށް އަމަލުކުރައްވާފައެވެ.
އެގޮތުން އެމަނިކުފާނު ވަނީ އާޔަތުގެ މާނަ ވިދާޅުވަމުން ގެންދެވިއިރު، ހީ ސަކާރާތް ޖަހައިފައެވެ.
އެއާއެކު ކައިރީގައި އިންނެވި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލާއި، ޖަލްސާގައި ދެން ތިއްބެވި ބޭފުޅުން ވެސް ހީ ސަކަރާތް ޖަހާ މަންޒަރު ޗެނަލް 13 ގެ ލައިވް ފީޑުން ފެނިގެންދެއެވެ.
ކީރިތި ޤުރްއާނަކީ ހަތް އުޑުގެ މަތިން މާތް ﷲ ބާވައިލެއްވި ކަލާމްފުޅެވެ. ޤުރްއާނަކީ އެއާ އެއްގޮތަށް އަމަލުކުރުމަށް ބާވައިިލެއްވި މަތިވެރި ފޮތެވެ.
ޤުރްއާން ކިޔެވުމުގެ މަގުސަދަކީ އެ ބަސްފުޅުތަކުގެ މާނަ އެނގި، އެއާމެދު ފުންކޮށް ވިސްނައި ފިކުރުކުރުމެވެ.
ص ސޫރަތުގެ 29 ވަނަ އާޔަތުގެ މާނައިގައި ވަނީ '' (މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ އާޔަތްތަކުގެ މާނަތަކާމެދު ވިސްނައި، ފިކުރު ކުރުމަށެވެ. އަދި ބުއްދީގެ އަހުލުވެރިން (އެއިން) ނަސޭހަތް ލިބިގަތުމަށެވެ.'' މިފަދައިންނެވެ.
މި ލިޔުން ކިޔާލުމުން