ކ.ތުލުސްދޫ ކައުންސިލުން ފާހަގަކުރެއްވިކަންކަން ވީހާވެސް އަވަހަކަށް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު މިއަދު ވަނީ ތުލުސްދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
މިއަދު ހަވީރު ހުރާ ކައުންސިލްގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންތައްތައް ރައީސާ ހިއްސާ ކުރައްވައިފައެވެ.
އެ ކަންކަމުގެ ތެރޭގައި ހޮސްޕިޓަލުގެ ބިންގާ އެޅުން އަވަސްކޮށްދެއްވުމަށާއި، މަގު ހެދުމަށް ބޭނުންވާ ކަމަށާއި، ޒުވާނުންނަށްޓަކައި ކުޅިވަރު ކުޅެވޭނެ މަގުފަހިކޮށްދެއްވުމަށާއި، ރަށުން ގޯތި ދިނުމަށް ސަރުކާރުން ހުއްދަ ދެއްވުމަށް އެދިވަޑައިގަތުން ހިމެނެއެވެ. އަދި ވޭސްޓް މެނޭޖްމަންޓް ސިސްޓަމްގެ މަސައްކަތް ކުރިއަށްގެންދިއުމަށް މަގުފަހިކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
އެގޮތުން ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވިކަންކަން ވީހާވެސް އަވަހަކަށް ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއިން ވެސް ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތައް ރައީސާ ހިއްސާ ކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން