ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލަން އެ ޕާޓީގެ ސެނެޓުން މިއަދު ނިންމައިފިއެވެ.
ޕީޕީއެމް އުވާލަން ނިންމީ ޕީއެންސީ އޮފީހުގައި މިއަދު ބޭއްވި ސެނެޓް ބައްދަލުވުމުގައި ބައިވެރިވި 42 ސެނެޓަރުންގެ އިއްތިފާގުންނެވެ. އެގޮތަށް ފާސްކުރަން ބޭނުންވަނީ 38 ސެނެޓަރުންގެ ވޯޓެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފުތަރުގައިވާ ގޮތުން، ރާއްޖޭގެ ދެވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ ކަމަށްވާ
ޕީޕީއެމް އުފެދުނީ 27 އޮކްޓޯބަރު 2011 ގައި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމްގެ މޭސްތިރިކަމުގެ ދަށުންނެވެ.
އެ ޕާޓީ އުފެދުނުތާ ހަތަރުމަސް ދުވަހުގެ ތެރޭގައިވަނީ ރާއްޖޭގައި ވެރިކަންކުރާ ކޯލިޝަނާ ގުޅުމުގެ ފަޚުރު ހާސިލުކޮށްފައެވެ. އެގޮތުން ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ޒައާމަތުގައި ޕީޕީއެމްއަކީ ވެރިކަން ކުރާ ކޯލިޝަންގެ އެންމެ ބޮޑު ބައިވެރިޔާއެވެ.
އޭގެފަހުން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. އަދި ޖެހިގެން އައި އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި އެ ޕާޓީން ވަނީ މެޖޯރިޓީ ހޯދައިފައެވެ.
ޕީއެންސީގެ ތާރީޚަށް ބަލާއިރު، އެ ޕާޓީއަކީ ޔާމީންގެ ޒައާމަތުގައި ބޭބޭފުޅު މައުމޫނާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން މައުމޫން ޕާޓީން ވަކިކުރަން ނިންމި އިޖުރާއަތާ ދެކޮޅަށް ޕާޓީގެ މެންބަރަކު ކޯޓަށް މައްސަލަ ހުށަހެޅުމުން ޔާމީންގެ ބެކަޕް ޕާޓީއެއްގެ ގޮތުގައި އުފެއްދި ޕާޓީއެކެވެ. އެގޮތުން ޕީއެންސީ ރަޖިސްޓްރީ ކުރީ 2019 ވަނަ އަހަރުގެ ޖެނުއަރީ 13 ގައެވެ.
ޕީއެންސީގެ ފުރަތަމަ ރައީސަކަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.
2019 އިން ފެށިގެން ޕީއެންސީއިން މަސައްކަތް ކުރަމުން އައީ ޕީޕީއެމްއާއެކު ހެދި ކޯލިޝަނުގެ ދަށުންނެވެ.
މިދިޔަ ރިޔާސީ އިންތިޚާބަށް ޕީއެންސީއިން ކެންޑިޑޭޓަކު ނެރެން ޖެހުނީ ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލެއްވި ޔާމީން ޢަބްދުލްޤައްޔޫމަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.
މި ލިޔުން ކިޔާލުމުން