އައިމިނަތު ޒާރާއަށް ޝައުގުވެރިވެގެން، އިސްނަގާ ޕްރޮޕޯސްކުރީ އޭނާ ކަމަށް، ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަދި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީ "ފަށާއިރު" ޕުރޮގްރާމަށް މިއަދު ދިން އިންޓަވިއުއެއްގައި ސިޔާމް ވިދާޅުވީ، މިދިޔަ ބޮޑު އީދުގައި ބ. ކަމަދޫގައި ބޭއްވި އީދު ކުޅިވަރުތަކުން ގިނަ ބަޔަކަށް މަޝްހޫރުވި، އައިމިނަތު ޒާރާއާއި ދިމާވެ، ޝައުގުވެރިކަން އުފެދި ކައިވެންޏަށް ހުށަހެޅީ އޭނާ ކަމަށެވެ.
ސިޔާމް އާއި ޒާރާ ކައިވެެނި ބައްލަވައިގަތީ މިއަހަރު އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުގައި ސިޔާމްގެ އޮޅުވެލި ރިސޯޓުގަ އެވެ. ޒާރާއަކީ ސިޔާމްގެ ދެވަނަ އަނބިކަނބަލުންނެވެ.
"އަޅުގަނޑުގެ ޕޮލިސީއަކީ ކަމެއް ކުރަންޔާ ކުރާށޭ އޭގާ އޮންނަ އެންމެ ރަނގަޅަށް. އެހެންނޫނީ ގެޓް އައުޓްވާށޭ." އެހާފާޅުގައި، ސިއްރުނުކޮށް އަމިއްލަ ދިރިއުޅުމުގެ ކަންތައްތަށް ކުރަނީ ކީއްވެތޯ ސުވާލުކުރުމުން ސިޔާމް ވިދާޅުވި އެވެ.
ސިޔާމް އިތުރަށް ވިދާޅުވީ އޭނާއަކީ ވަރަށް ގިނަ ކުޅިވަރު ކުޅޭ ބޭފުޅެއް ކަމަށާއި އޭގެތެރޭގައި، ރާޅާއެޅުން، ވޯޓާ ސްޕޯރޓްސް އަދި އަސްވެސް މިހާރު ދުއްވަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރާއްޖޭގައި މިހާތަނަށް އެންމެބޮޑު ރާޅާއެޅީ އެމަނިކުފާނު ކަމަށާއި، އެއީ 1988 ވަނަ އަހަރުގެ ޓައިޓަލް ވޭވް ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.
ކެެއުމަށް މާބޮޑު ސަމާލުކަމެއް ނުދެންކަމަށާއި ނަމަވެސް 8 ގަޑިއިރު ނިދުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެންކަމަށް ސިޔާމް އިތުރަށް ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން