މި ފެށުނު ޑިސެންބަރު މަހުގެ ތެރޭގައި ފެމިލީ ކޯޓުވެސް އޮންނާނީ ރިސެސްގައި ކަމަށް އެ ކޯޓުން ހާމަކޮށްފިއެވެ.
ފެމިލީ ކޯޓުން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން 01 ޑިސެންބަރު 2024 އިން 30 ޑިސެންބަރު 2024 އަށް އެ ކޯޓު އޮންނާނީ ރިސެސްގައެވެ.
މި ރިސެސްގައި މައިގަނޑު ގޮތެއްގައި ތަފާތު ދާއިރާތަކުން ކޯޓުގެ ޤާޟީންނަށާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕުރޮގުރާމުތައް ހިންގުމާއި، ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޓުން ބުނެފައިވެއެވެ.
މީގެ އިތުރުން، ރިސެސްގެ މުއްދަތުގައި މައްސަލަ ހިންގުން މަދުކުރެވުނު ކަމުގައިވިޔަސް، ކައިވެނި އަގުދުކޮށްދިނުމާއި، ޚަރަދު ފައިސާ ބަލައިގަނެ ދޫކުރުމާއި، ފަސްކުރެވެން ނެތް ބާވަތުގެ މައްސަލަތަކާ ގުޅޭ ޝަރީޢަތްތައް ހިންގުމާއި، އަމުރު ނެރުން ފަދަ މަސައްކަތްތައް ކުރާނެ ކަމުގައި އެ ކޯޓުން ހާމަކުރެއެވެ.
ފެމިލީ ކޯޓުން ހާމަކޮށްފައިވާ ގޮތުގައި، އެ ކޯޓު މި އަހަރު ރިސެސް އަށް ދާއިރު، މި އަހަރުގެ މިހާތަނަށް ކޯޓަށް ހުށަހެޅުނު މައްސަލަތަކަށްވުރެ، ކޯޓުން މިއަހަރުގެ މިހާތަނަށް ބަލައި ނިންމި މައްސަލަތުގެ އަދަދު ގިނައެވެ.
މި ލިޔުން ކިޔާލުމުން