ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ވަނަވަރު އާންމުކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ވިދާޅުވި ގޮތުގައި ހައްޔަރުކޮށްފައވަނީ އދ. ދަނގެތި، ލިލީގެ، އުމުރުން 33 އަހަރުގެ ހުސެއިން ފާއިގުއެވެ.
އޭނާ ހައްޔަރު ކޮށްފައިވަނީ އިއްޔެ އިރުއޮއްސި 18:30 ހާއިރު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުގައި އެވެ. އަދި އެވަގުތު އެ މީހާ ހުއްޓުވަން އުޅުނު ފުލުހަކަށް ވެސް އޭނާ ވަނީ ތޫނު އެއްޗަކުން ހަމަލާދޭން މަސައްކަތްކޮށްފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ސޯޝަލް މީޑިއާގައި މިހާރު އާއަމުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެމީހާ ވަނީ އޭނާއަކީ ނަފްސާނީ ގޮތުން ބަލި މީހެއް ކަމަށް ބުނެފައެވެ. އެހެން ނަމަވެސް މިކަން ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން