ނިއު ރޭޑިއަންޓްގެ ޗެއާމަން ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން އިންތިހާބު ކޮށްފި އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި މަޝްހޫރު އެއް ކްލަބު ކަމަށްވާ، ނިއުރޭޑިއަންޓްގެ ހުސްވެފައިވާ ޗެއާމަންކަމުގެ މަގާމަށް މުބީން އިންތިހާބު ކުރީ ދަރުބާރުގޭގައި ރޭ އޮތް ކްލަބުގެ ކުލަގަދަ ކޮންގްރެސްގަ އެވެ.
މި ކޮންގްރެސްގައި ކްލަބުގެ ކުރީގެ ފުޓުބޯޅަ ލެޖެންޑުންނާއި ރާއްޖޭގެ ފުޓުބޯޅައިގެ އިސް ފަރާތްތަށް ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮންގްރެސްގައި ސީނިއާ ވައިސް ޗެއާމަންގެ މަގާމަށް ރޭ އިންތިހާބުކޮށްފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް (ކައްޕި) އާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް (މުޖޭ) އެވެ. އޭގެ އިތުރުން ވައިސް ޗެއާމަނަކަށް އިންތިހާބުކޮށްފައިވަނީ އަލީ ރަޝީދެވެ. ލީގަލް ކައުންސިލަކީ މާޒިން ހުސައިން އިބްރާހީމެވެ.
މި ލިޔުން ކިޔާލުމުން