2024 ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން، 2025 ޖަނަވަރިީ 1 ވަނަ ދުވަހާ ހަމައަށް، ރިސެސްއަށް ދިއުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން ބުނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭކަމަށް ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި، ރިސެސްގެ މުއްދަތުގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެ ކަމަށެވެ.
އަދި ރިސެސްގެ މުއްދަތުގައި ޝަރީޢަތުގެ އަޑުއެހުމެއް ނުބޭއްވި ކަމުގައިވީ ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އިދާރީ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެއެވެ.
ކޮންމެ އަހަރަކުވެސް ނޮވެމްބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން ޖަނަވަރިީ މަހުގެ ފުރަތަމަ ދުވަހާއި ހަމައަށް ސުޕްރީމް ކޯޓާއި ހައި ކޯޓުވެސް އޮންނަނީ ރިސެސްގައި އެވެ.
މި ލިޔުން ކިޔާލުމުން